އައްޑޫސިޓީ ހިތަދޫ ފިހާރައެއްގެ ބިއްލޫރި ދޮރު ތަޅާލައިގެން ވައްކަންކުރި ދެ މީހަކު، ފުލުހުން ހައްޔަރުކޮށްފިއެވެ.
ވަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެމީހުން ހައްޔަރު ކުރީ ރޭ ފަތިހު 04:30 އެހައިކަންހާއިރު ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ.
މިމީހުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި 32 ފޯނާއި 11 ގޭމް ސީޑީއާއި، 27 ސްކްރިން ޕްރޮޓެކްޓަރާއި، ދެ ސްޕީކަރާއި، ދެ އައިޕެޑް ގެ އިތުރުން އެޕަލް ވޮޗަކާއި ހެޑްސެޓެއް ހިމެނެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.