ޚަބަރު

މެދުރާއްޖެރޭ ރަށެއްގައި 15 އަހަރު ކުއްޖަކު ރޭފް ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ

މެދުރާއްޖެތެރޭ ރަށަކަށް ނިސްބަތްވާ ރަށެއްގައި 15 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މި މައްސަލަ ރިޕޯޓު ކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ވާތީ މި މައްސަލައިގެ އިތުރު މައުލޫމާތު ފުލުހުންނެއް ނުދެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ރިޕޯޓު ކުރެވޭވަރު އިތުރުވެފައި ވާއިރު ޖެނުއަރީ މަހު ފަހު ކޮޅު ޑީޖޭއޭއިން ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ހުށަހަޅާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމަން ކޯޓުތަކަށް އަންގާފައެވެ.

ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވުމުގެ ސަބަބުން އެމައްސަލަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.