ޚަބަރު

މާފުށީ ފަޅުތެރެއަށް ޑައިވްކޮށްގެން މަސްތުވާތަކެތި ހޯދައިފި

އަލީ ޔާމިން

ކ. މާފުށީ ފަޅުތެރެއަށް ޑައިވްކޮށްގެން މަސްތުވާތަކެތި ހޯދައިފިއެވެ.

ފުލުހުން ބުނީ، އެތަކެއްޗަކީ ފުލުހުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާފުށީ ބަނދަރު ސަރަހައްދުން ހިފެހެއްޓުމުން މޫދަށް ފުންމާލި މީހެއްގެ ކޮނޑުގައި އޮތް ދަބަހުގެ ތެރެއިން ފެނުނު ތަކެތި ކަމަށެވެ.

ނަމަވެސް މޫދަށް ފުއްމާލި މީހާ މޫދަށް ދޫކޮށްލި ދަބަސް ހޯދީ މެރިން ޕޮލިސް ޑައިވް ޓީމެއް ކ. މާފުއްޓަށް ގޮސް، ޑައިވްކޮށްގެންނެވެ.

ފުލުހުން ބުނީ، އެ ދަބަހުގެ ތެރެއިން މަސްތުވާތަކެތި ހުރި 12 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އަދި ދަބަސް ގެންގުޅުނު މީހާ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެއެވެ.