ރާއްޖޭގެ އިވެންޓް މެނޭޖްމެންޓް ކުންފުނި، ހައިރައިޒް އިން އިންތިޒާމުކޮށްގެން އޭޝިއާގެ އެންމެ ޒަމާންވީ ޑައިވް ފެއާ ކަމަށްވާ އޭޝިއާ ޑައިވް އެކްސްޕޯ އިންޑިއާގައި ބާއްވަން ނިންމައިފި އެވެ.
އެޑެކްސް ޑައިވް އެކްސްޕޯ ހައިރައިޒް އިން އިންޑިޔާގައި ބާއްވަނީ ސިންގަޕޫރުގެ އޭޝިއަން ޖިއޮގްރެފިކް ޗެނަލް އާއި އިވެންޓް ސޮލިއުޝަން މުންބާއީއާ ގުޅިގެންނެވެ.
އެ ފެއާ ބާއްވަން ހަމަޖައްސައިފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ފެއާ ކުރިޔަށް ދާނީ މުމްބާއީގަ އެވެ.
ހައިރައިޒް އިން ބުނީ އެ އިވެންޓް އިންތިޒާމް ކުރުމުގެ ފުރުސަތު ލިބުމުން ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށާއި އެއީ ބޮޑު ފަޚުރެއް ކަމަށެވެ.
އެޑެކްސް ފެއާ މިހާރު އޭޝިއާގެ ސަރަހައްދުތަކުގައި ބާއްވަމުން އަންނަތާ 25 އަހަރު ވެއްޖެ އެވެ.