ޚަބަރު

ޔޫތު މިނިސްޓަރުގެ ދައުވަތަކަށް ޑރ. ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގަންނަވަނީ

އައިދާ އަބްދުލް ހަކީމް

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ ދައުވަތަކަށް ޑރ. ބިލާލް ފިލިޕްސް އަންނަ މާޗް މަހުގެ 12 އިން 18 އަށް ރާއްޖެ ވަޑައިގައިގަތުމަށް ހަމަޖެހިއްޖެއެވެ

މިނިސްޓަރު މަހްލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބިލާލްގެ ދަރުސްތަކުން އިސްލާމް ދީނުގެ ތަރަހައިގެ ތެރެއިން ޒުވާނުގެ ދިރިއުޅުން ބައްޓަން ކުރާނެ ގޮތާއި މިހާރު މުޖުތަމައުގައި ހުރި އެންމެ މުހިއްމު މައްސަލަތަކާއި ގުޅޭ ގޮތުން ދަރުސްތައް ދެއްވާނެ ކަމަށެވެ.

ޔޫތު މިނިސްޓްރީގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވީ ޑރ. ބިލާލްގެ ދަރުސްތައް ރާވާފައިވަނީ މުޅިރާއްޖޭގެ ޒުވާނުންނަށް އަމާޒުކޮށްގެން ކަމަށެވެ. މާލޭގެ އިތުރުން ރަށްރަށުގައި ވެސް ދަރުސްތައް ދިނުމަށް ހަމަޖައްސާފައިވާ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލު ވިދާޅުވީ މި ދަރުސްތަކުގައި ހައްދު ފަހަނައަޅައި ދިއުމާއީ ދީނާއި ހިލާފު ހަރުކަށި ފިކުރު ގެންގުޅޭ މައްސަލަ ފަދަ މުހިއްމު މައުލޫތަކަށް ޑރ. ބިލާލް ދަރުސް ދެއްވާނެ ކަމަށެވެ.

މީޑިއާ އޮފިޝަލު ވިދާޅުވީ ދަރުސްތަކުގެ އިތުރުން ދީނާއި ގުޅޭގޮތުން އޮޅުންފިލުވަން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުސަތު ވެސް ޒުވާނުންނަށް ލިބިގެންދާނެކަމަށެވެ.