މިއަހަރުގެ މޯލްޑިވްސް ފައިނޭންސް ފްރޮފެޝަނަލް ސަމިޓް އަންނަ ހަފްތާގެ ހޯމަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ސަމިޓް އިންތިޒާމްކުރާ ކޯޕަރޭޓް މޯލްޑިވްސް އިން ބުނީ، މިއަހަރުގެ މޯލްޑިވްސް ފައިނޭންސް ފްރޮފެޝަނަލް ސަމިޓް ބާއްވަން ހަމަޖެހިފައިވަނީ 24 ފެބްރުއަރީގެ ރޭގަނޑު 8:30 އިން 10:30 އަށް ދަރުބާރުގޭގައި ކަމަށެވެ. އަދި ސަމިޓްގައި ފައިނޭންސް އަދި ކޯޕަރޭޓް އިންޑަސްޓްރީއާ ގުޅޭގޮތުން ދާއިރާގެ މާހިރު ވާހަކަދައްކާނެ ކަމަށް މައުލޫމާތުދެއެވެ.
މި ސަމިޓް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަ ދައްކަވާނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ރައީސް ހަސަން ވަހީދެވެ.
ފައިނޭންސް ދާއިރާއަށް ރާއްޖެ އާއި ދުނިޔެއިން ހުރި މައްސަލަތަކާ ގުޅޭގޮތުން ފައިނޭންސް ސެކްޓަރުގައި މަސައްކަތްކުރާ ޕްރޮފެޝަނަލުން އެއްވެސް މަޝްވަރާ ކުރުމަށް ބާއްވާ ސަމިޓެކެވެ. މި ސަމިޓްގައި ބޭންކިން، އިސްލާމިކް ފައިނޭންސް، އިންޝުއަރަންސް، ލީސިން އަދި ވެލުއޭޝަންގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ.