ހއ. ދިއްދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މާލެ ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އެމަނިކުފާނު މާލެ ވަޑައިގެންފައި ވަނީ މިއަދު ހެނދުނު އެވެ.
ނައިބު ރައީސް ދިއްދުއަށް ވަޑައިގެންފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު އިންތިޒާމުކުރައްވައިގެން ދިއްދޫގައި ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ޓަކައެވެ.
އެދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.