ޚަބަރު

ކާނަލް ނާޒިމް އާއި އާޒިމްގެ ބައްޕަ އަވަހާރަވެއްޖެ

ކުރީގެ ޑިފެންސް މިނިސްޓަރު، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް އާއި އެމްޓީސީސީގެ ސީއީއޯ، އާދަމް އާޒިމްގެ ބައްޕަ އަބްދުއް ރަޝީދު އަވަހާރަވެއްޖެ އެވެ.

ރަޝީދު ކާޕެންޓްރީގެ ބާނީ، އަބްދުއް ރަޝީދު އަވަހާރަވީ، ހާލު ބޮޑުވެގެން ލަންކާއަށް ގެންދަން މަސައްކަތްކުރަމުން ދަނިކޮށް، މީގެ ގަޑިއެއްހާއިރު ކުރީން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. ރަޝީދު އަވަހާރަ ވީ އިރު އޭނާ އާލާސްކަންފުޅާ އުޅުއްވާތާ ވަނީ ވަރަށް ގިނަ ދުވަސް ވެފަ އެވެ. އެއާޕޯޓަށް ގެންދިޔައީ ނަރުހުންނާއި ޑޮކްޓަރާވެސް އެކުގަ އެވެ.

ރަޝީދު އަވަހާރަވީ އިރު، ދުނިޔޭގައި އޭނާގެ އަނބިކަނބަލުންނާއި 10 ބޭފުޅުން އެބަތިއްބެވި އެވެ. އެއީ ހަތް ފިރިހެން ބޭފުޅުންނާއި ތިން އަންހެން ބޭފުޅުންނެވެ. އަވަހާރަވީ އިރު، އުމުރުފުޅަކީ 72 އަހަރެވެ.