ޔޮޓެއް ފަރަށް އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މިރޭ 9:09 އެހާކަންހާއިރު ލިބުނު އެ ރިޕޯޓްގައި ޔޮޓު ފަރަށް އަރާފައިވަނީ ވާދޫ ކަނޑުއޮޅިން ކްރޮސްރޯޑްއާ ކައިރިއަށް ކަމަށެވެ.
އެ ޔޮޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެމްޑީއެފްގެ މާލެ އޭރިއާ ކޯސްޓް ގާޑް ސްކޮޑުން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.