އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމަށް ހ.ނޫމުތީ އައިޝަތު ނޫރާ މުހައްމަދު އައްޔަން ކުރައްވައިފިއެވެ.
ދިވެހި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނޫރާއަކީ މާސްޓާސް އޮފް އާޓްސް އިން އިންޓަނޭޝަނަލް ސްޓަޑީޒް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމަށް ނޫރާ އައްޔަން ކޮށްފައި މިވަނީ، އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު މުހައްމަދުފުޅު ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.
ޖަލުތަކާ ޕެރޯލްގެ ގާނޫނުން ހޯމް މިނިސްޓަރަށް އޮންނަ އިހްތިޔާރުގެ ދަށުން އައްޔަން ކުރައްވާ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަކީ މީހުން ބަންދުކުރާ ތަންތަނުގެ ހާލަތު ބަލައި ހޯމް މިނިސްޓަރަށް ރިޕޯޓް ކުރަންޖެހޭ މަގާމެކެވެ.