މާލެ ހޮސްޕިޓަލްސް ގުރޫޕްގެ ހިންގުމުގެ ހުރިހާ ކަމެއް ބެލެހެއްޓުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ "މާލެ ހޮސްޕިޓަލްސް ގަވަނިން ބޯޑް"ގެ ނަން ބަދަލުކުރައްވައި، އެ ބޯޑު އަލުން އެކުލަވައިލައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިންގުމުގެ ކަންތައްތައް ބެލެހެއްޓެވުމަށް އުފައްދާފައިވާ މާލެ ހޮސްޕިޓަލްސް ގަވަނިން ބޯޑުގެ ނަން "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" އަށް ބަދަލުކުރައްވައި އެބޯޑު އަލުން އެކުލަވައިލައްވާފައިވަނީ ހުސްވި މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
އެގޮތުން އެ ބޯޑަށް ނުވަ ބޭފުޅަކު ވަނީ އައްޔަން ކުރައްވައިފައެވެ. އެ ބޭފުޅުންނަކީ:
މި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. އަބްދުލްއަޒީޒު ޔޫސުފް އައްޔަން ކުރައްވާފައިވަނީ ބޯޑުގެ ޗެއާމަންގެ މަގާމަށެވެ. އަދި ބޯޑުގެ ވައިސް ޗެއާމަންގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އަނީސާ އަހުމަދެވެ.