ޒުވާނުން އިޖްތިމާއީ ދާއިރާއިން ބާރުވެރިކުރުމަށް ޓަކައި ބާއްވާ ބައިނަލްްއަގުވާމީ ޑިޕްލޮމަސީ ޓޯކް ސީރީޒްގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވައިފިއެވެ.
ހޮޓެލް ޖެންގައި އިއްޔެ ބޭއްވި އެ ޓޯކް ޝޯ ރަސްމީކޮށް އިފްތިތާހުކުރައްވާފައިވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫޫފް އެވެ.
ޒުވާނުން ބައިވެރިވި އެ ބައްދަލުވުމުގައި އދގެ 2030 ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް މުޖުތަމައުގައި ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ޒުވާނުން ބައިވެރިވެގެން ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން ވަނީ ބައިވެރިންގެ މެދުގައި މަޝްވަރާކޮށްފައެވެ.
އދ ގެ 2030 ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ތިމާވެއްޓާއި މޫސުމާ އިގްތިސާދީ ކުރިއެރުމާއި ގުޅޭގޮތުންވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
ޑިޕްލޮމެސީ ޓޯކް ސީރީޒް ރާއްޖޭގައި ބޭއްވި މިއީ ފުރަތަމަ އަހަރެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ޓޯކް ސީރީޒްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
އެ ބައްދަލުވުމުގައި ޕެނަލް ޑިސްކަޝަން ކުރިއަށް ދިޔައިރު އެ ބޯޑުގައި ހަ ބޭފުޅަކު ތިއްބެވިއެވެ. އެއީ މޫސާ ވަސީމް އާއި ޔޫއެންއެފްޕީއޭގެ ރިޕްރެޒެންޓޭޓިވް ޝާދިޔާ މޫސާ އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އާއި އެމްއެންޔޫގެ ލެކްޗަރާ މަރިޔަމް ވަހީދާ އާއި އެމްޑީޕީ ޒުވާނުންގެ ގޮފީގެ ރައީސް މީކާއިލް ނަސީމް އަދި ސޮނެވާފުށީގެ ކޮމިއުނިޓީ އެންގޭޖްމެންޓް މެނޭޖާ ހަދީ ހާމިދެވެ.
ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ކުރީގެ ފޮރެން މިނިސްޓަރު ދުންޔާ މައުމޫން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.