ހެލްތު މިނިސްޓަރުގެ ނައިބުގެ މަގާމަށް އަބޫބަރުކުރު އަބްދުލްކަރީމް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އަބޫބަރުކުރު އަބްދުލްކަރީ އެމަގާމަށް އައްޔަން ކުރެއްވީ މިއަދު ކަމަށެވެ.
އަބޫބަކުރު މީގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ޑިރެކްޓަރުގެ މަގާމުގައެވެ. އަދި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ޑިރެކްޓަރުގެ މަގާމު އެނާ ވަނީ ފުރުއްވާފައެވެ.