އަންހެނަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި މައްސަލަ ރިޕޯޓްކުރީ އއ، އދ އަދި ވ އަތޮޅު ހިމެނޭ ރަށަކުން ކަމަށެވެ.
މި މައްސަލައިގައި 38 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައި ވަނީ 52 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.
ކުޑަ ކުދީންނާއި ބޮޑެތި މީހުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ޖިންސީ ގޯނާއާ ގުޅުން ހުރި މައްސަލަތަކެއްގައި، އިހުމާލުވި ކަމުގެ ތުހުމަތުގައި، ސިޔާސީ ޕްރެޝަރު ބޮޑުވެ، މި ސަރުކާރުގެ ވަޒީރަކު ވަނީ ފުރަތަމަ ފަހަރަށް އިސްތުއުފާ ދެއްވާފަ އެވެ.