އއ. މާޔަފުށި ކައިރީގައި އޮތް ސަފާރީއަކުން ސްނޯކަލިންއަށް ދިޔަ ދިވެއްސަކު މަރުވެއްޖެއެވެ.
އެ ހާދިސާގައި މަރުވެފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އއ. މާޔަފުށި ކައިރީގައި އޮތް ސަފާރީއަކުން ސްނޯކަލިންއަށް ދިޔަ ދިވެއްސަކު މަރުވެފައިވާކަމުގެ މައުލޫމާތު މިރޭ 9:40 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.