މަސްތުވާތަކެއްޗާއެކު ދިވެހި އަންހެނަކާއި ފިރިހެނަކު ވިލިމާލެއިން ހައްޔަރުކޮށްފިއެވެ.
''ވަން" އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 1:26 ހާއިރު މާލެއިން ވިލިމާލެއަށް ދިޔަ ދެމީހެއްގެ އަތުގައި މަސްތުވާތަކެތި ހުރި ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިމާލެ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 29 އަހަރުގެ ދިވެހި އަންހެނަކާއި 35 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.