ގަލޮޅުގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިރޭ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގ. ޕްރެސައިޑުގައެވެ. އެ ހާދިސާގައި މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ އެގޭގެ ފުރަތަމަ ފަންގިފިލާގައި ކަމަށާއި އެމްއެންޑީއެފް ފަޔާ ޓީމުން މިހާރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
އަލިފާން ރޯވެފައިވަނީ އެގޭގެ ސިޓިން ރޫމުގައި ހުރި ކަރަންޓު ޑީ ބޯޑެއްގައި ކަމަށާއި އަލިފާނުގެ އަސަރު ދޮންނަ މެޝިނަށް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އެ ހާދިސާގައި ބައެއް އަންނައުނު އަނދާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.