ރ. އުނގޫފާރު މިސްކިތުގެ ފަންޑު ފޮށި ފަޅާލައިފިއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 5:10 ހާއިރު އުނގޫފާރު މަސްތިދުލް ތަގުވާގެ ފަންޑު ފޮށި ހަލާކު ކޮށްލައިގެން ވައްކަން ކޮށްފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ ފަންޑު ފޮށިން އެއްވެސް އެއްޗެއް ގެއްލިފައިނުވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެ ފޮށިން އެއްޗެއް ނެގިފައިނުވަނީ ފަންޑު ފޮށީގެ ތަޅު ހަލާކުކޮށްލާ މަންޒަރު އެހެން މީހަކަށް ފެނުމުންނެވެ.