ހުޅުމާލެ ބާބަކިއު ސަަރަހައްދު މާދަމާއިން ފެށިގެން ވަގުތީގޮތުން ބަންދުކުރަން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ސަރަހައްދުގައި ބަހައްޓާފައިވާ ބާބަކިއު ޕިޓް، ގޮނޑި މޭޒު ފަދަ ތަކެތި ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހުޅުމާލެ ބާބަކިއު ސަަރަހައްދު ވަގުތީގޮތުން ބަންދުކުރަން ނިންމާފައިވަނީ ހުޅުމާލެ ފޭސް އެކެއް އަދި ދޭއް ތަރައްގީކުރުމަށްޓަކައި އެ ސަރަހައްދު ސާފުކުރުމުގެ ގޮތުން ކަމަށް އެޗްޑީސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެ ސަރަހައްދު އަލުން ހުޅުވާނެ ތާރީހެއް އެޗްޑީސީން ބުނެފައިނުވާ އިރު، ބާބަކިއު ސަރަހައްދަކީ އާންމުކޮށް އާއިލާތަކާއި ޒުވާނުން ހަވީރާއި ރޭގަނޑު ހިތްހަމަ ޖައްސާލުމަށް އެއްވެ އުޅޭ ތަނެކެވެ.