ޚަބަރު

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ނަރުދޫ ބައެއް ގެތަކަށް އެކިވަރުގެ ގެއްލުން ވެއްޖެ

އަހުމަދު ވަޖީފު

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ށ.ނަރުދޫ ބައެއް ގެތަކަށް އެކި ވަރުގެ ގެއްލުން ވެއްޖެއެވެ.

ނަރޫދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުސާ ހުސެއިންފުޅު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބޯކޮށް ވާރޭ ވެހުމުގެ ސަބުން އެ ރަށުގެ ހަތަރު ގެޔަކަށް އެކި ވަރުގެ ގެއްލުންތައް ވެފައިވާ ކަަށެވެ. އެގޮތުން ފަރުނިޗަރާއީ ހިފައި ގެންގުޅޭ ތަކެއްޗަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިއްޔެރޭގެ އިރާކޮޅު ވެހެންފެށި ވާރޭގައި ގެތަކަށް ފެން ވަދެފައިވާ ކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވަނީ ރޭ ފަތިހު ކަމަށެވެ. އެގޮތުން ބޯކޮން ވާރޭ ވެހުމުގެ ސަބަބުން ގެތަކުގައި އެއް ފޫޓާކައިރިއަށް ފެން ހެދިފައިވާ ކަމަށާއި މަގުތަކުގައި ދޮޅު ފޫޓަށް ފެން ބޮޑުވެފައިވާ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

އާބަދީގައި 630 މިހުން އުޅޭ ނަރުދޫގައި ވާރޭ ވެހުމުގެ ސަބުން ހެދިފައިވާ ފެންގަނޑު ހިއްދުމަށް އެމްއެންޑީއެފާއި އެރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފެން ހިއްކުމަށް ބޭނުންކުރަނީ ދެ ޕަންޕު ކަމަށާއި އެހެންކަމުން އެ ފެން ގަނޑު އެއްކޮން ހިއްކާލެވޭނީ މިއަަދު ހަވީރުގެ ވަގުތެއްގައި ކަމަށް ވެސް ކައުންސިލުން ބުނެއެވެ.