ޝެއިޚް އަލީ ޒައިދު

ޓެކްސް ނެގޭނީ ޒަކާތް ނަގައި އެއިން ނުވާ ނަމަ: ޝެއިޚް ޒައިދު

ޓެކްސް ނެގޭނީ މުދަލު ޒަކާތް ނަގައި އެއިން ނުވާ ނަމަ ކަމަށް ޝެއިޚް އަލީ ޒައިދު ވިދަޅުވެއްޖެ އެވެ. ޒައިދު މިހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

ޝެއިޚް ޒައިދު ވިދާޅުވީ މުދަލު ޒަކާތް އެއީ އިސްލާމްދީނުގައި ރުކުނެއް ކަމަށާއި އަސްލު ގަދަ ކަމުން ވެސް ސަރުކާރަށް ނަގަން ޖެހޭ އެއްޗަކީ އެއީ ކަމަށެވެ.

"އެކަމަކު އެކަން ދޫކޮށްލާފަ ޓެކްސް ގަދަކަމުން މި ނަގަނީ. ޓެކްސް ނެގޭނީ ޒަކާތް ނަގައި އެއިން ނުވާ ނަމަ." ޝެއިޚް ޒައިދުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.