ވިލިމާލޭގައި ރުކަކުން ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، މިއަދު ހަވީރު 5:50 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކުރި އެ ހާދިސާގައި ރުކުން ވެއްޓިފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އަދި ހާލު ދެރަ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ލިބިފައިވަނީ ކޮން ކަހަލަ އަނިޔާއެއް ކަމެއް ނޭނގެއެވެ.
އެ މީހާއަށް ސިއްހީ އަވަސް ފަރުވާ ދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މިރޭ 7:32 އެހާއިރު ވަނީ މާލެ ގެނެސްފައެވެ. އަދި އައިޖީއެމްއެޗްގައި އޭނާއަށް ދަނީ ފަރުވާ ދެމުންނެވެ.