ގެޔަށްކަށް ވަދެ ޖިންސީ ފުރައްސާރަ ކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ބިދޭސީ މީހެއް ކަމަށާއި އޭނާ އަކީ 28 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރުކުރީ އުތުރުގެ ރަށެއްގެ ގެޔަކަށް ވަދެ ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ. ބިދޭސީ މިހާ ޖިންސީ ފުރައްސާރަ ކޮށްފައި ވަނީ 53 އަހަރުގެ އަންހެނަކަށް ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ކަމަށް ވެސް ފުލުހުން ބުނެއެވެ. އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.