ޚަބަރު

ފުވައްމުލަކު ނެރު އެތެރެ ފަޅިއަށް ޑައިވިންގް ދޯންޏެއް އަރައިފި

މަރިޔަމް ޝަހުދާ

ފުވައްމުލަކު ސިޓީގެ ނެރު އެތެރެ ފަޅިއަށް ޑައިވިންގް ދޯންޏެއް އަރައިފި އެވެ.

އެމްއެންޑީއެފުން މައުލޫމާތުދިން ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އަދި މިހާރު ދޯނީގައި ހުރި ހުރިހާ ޑައިވިންގް ސާމާނު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފަިއވަނީ މިއަދު ހެނދުނު 10:20ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ނެރުގެ އެތެރެ ފަޅިއަށް އަރާފައިވާ ދޯންނަކީ "ކެރީނާ" ނަމަކަށް ކިޔާ ދޯންޏެއް ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފްގެ ސައުތު އޭރިއާ ކޯސްޓްގާޑުން މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.