ހުޅުމާލޭގައި ހިންގި ޑުރަގް އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ އާދީއްތަ ދުވަހު ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދާށުން ހުޅުމާލޭގެ ދެ ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން އެތަންތަން ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 24 ސެލޯފިން ކޮޅާއި 16 ފިލްމް ހުސްކުރި ދަޅު އަދި ދެ ބޮޑު ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އުމުރުން 27 އަަހަރުގެ ދިވެހި ފިރިހެނަކާއި 23 އަަހަރުގެ ފިރިހެނެއް އަދި 26 އަަހަރުގެ ބިދޭސީ ފިރިހެނެކެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.