ތޫނު ހަތިޔާރު ގެންގުޅުނުކަމުގެ ތުހުމަތުގައި ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ، ދެކުނުގެ ރަށެއްގައި 15 އަހަރުގެ ފިރިހެން ކުއްޖަކު ތޫނު ހަތިޔާރު ގެންގުޅޭ ކަމަށް މިއަދު ލިބުނު މައުލޫމާތަކާ ގުޅިގެން އެ ކުއްޖާ ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކޮށް، ހަތަރު ވަޅި އާއި ދަނބު ކުލައިގެ ހޮޅިބުރިއެއް ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސް، މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.
ނަމަވެސް މި މައްސަލައަކީ ކުޑަކުދިންނާ ގުޅޭ މައްސަލައެއް ކަމުން އެކުދިންގެ ވަނަވަރު ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.