ސަރުކާރު ހިންގާ ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި 18 މީހުން ދޫކޮށްލައިފިއެވެ.
ކޮލަމާފުށިން ހައްޔަރުކުރި 18 މީހުން ދޫކޮށްލިކަން އެ މީހުންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ނާޒިމް ސައްތާރު ކުރި ޓުވީޓަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުން ދިން ކަމަށް ބުނެ ކޮލަމާފުށިން ހައްޔަރުކުރި 18 މީހުންގެ މައްޗަށް އުފާލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ދައުވާއެވެ.