ޚަބަރު

ހުޅުމާލޭގައި ފުޓުބޯޅަ ކުޅެން ހުރި މީހަކު މަރުވެއްޖެ

އަލީ ޔާމިން

ހުޅުމާލޭގައި ފުޓުބޯޅަ ކުޅެން ހުރި މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ، މިރޭ 8:20 ހާއިރު ފުލުހުން ހުޅުމާލެ ޕެޓްރޯލް ކުރަމުން ދަނިކޮށް ހުޅުމާލެ ޓާފް ދަނޑު އެކަކުން ބަޔަކު މީހަކު އަތްދަނޑިމައްޗަށް ލައިގެން އަންނަތަން ފެނުމުން ފުލުހުން އެތަނަށް ގޮސް ބެލިބެލުމުން މީހަކު ފުޓްބޯޅަ ކުޅެން ހުއްޓައި ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މައުލޫމާތު ލިބުމާއެކު ފުލުހުންގެ ވެހިކަލް ގެނެސް އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި ނަމަވެސް ހޮސްޕިޓަލަށް އެމީހާ ގެނައި އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލުމާތު ދޭކަމަށް ފުލުހުން ބުނެއެވެ.

މަރުވެފައިވަނީ އުމުރުން 30 އަހަރުގެ ބަންގުލަދޭޝް ފިރިހެނެކެވެ.