ރަށެއްގެ އާބާދީ ބޮޑުވުމާއި ކުޑަވުމަކީ އެބަޔަކަށް މަލާމާތާއި ތަފާތުކުރުން ރައްދުވާން ޖެހޭ ސަބަބެއް ނޫން ކަަމަށް މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މެންބަރު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބިން ހިއްކަން ޖެހޭނަމަ އެކަން ކުރަން ޖެހޭނެ ކަމަށެވެ. އަދި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހި ކަމަކީ ގާނޫނު އަސާސީން ލިބިގެންވާ އަސާސީ ހައްގެއް ކަމަށް ސައީދު ފާހަގަކުރެއްވި އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ސައީދު ގެންދަވަނީ މިސަރުކާރުން ކަންކަން ނުކޮށްދޭ ކަމަށް ވިދާޅުވެ ސިޔާސީ އެކި ޕްލެޓްފޯމް ތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ދާދި ފަހުން ސައީދު ވިދާޅުވެފައި ވަނީ ރާއްޖޭގެ އިގުތިސާދު ދަށަށް ގޮސްފައިވާ ކަމަށާއި އެކަން ހަމަ މަގަށް އެޅުވޭނެ ގާބިލުކަން މިސަރުކާރުގައި ނެތް ކަމަށެއެވެ.