މޫސުމް

ކުރިއަށް އޮތް 48 ގަޑިއިރު ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން އެދިއްޖެ

މަރިޔަމް ޝަހުދާ

ކުރިއަށް އޮތް 48 ގަޑިއިރު ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލިޖީ ސެންޓަރު، (މެޓް) އޮފީހުން އެދިއްޖެ އެވެ.

މެޓް އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ވަނީ ރާއްޖެ ސަރަހައްދުގައި ކުރިއަށް އޮތް 48 ގަޑިއިރު ވައި ގަދަވުމުގެ އިތުރުން ކަނޑުތައް ގަދަވާނެ ކަމަށް ކަމަށް ލަފާ ކުރެވޭކަމަށް ބުނެފައެވެ. އަދި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

އެގޮތުން ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ އިރު އުތުރާއި، އިރުން މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިޔަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި ގަޑިޔަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ވަނީ ވަޔާއި ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ އެންމެހާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. އަދި ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.