ޚަބަރު

11 މީހުންނާއެކު ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިފި، އެންމެންގެ ހާލު ރަނގަޅު

އަލީ ޔާމިން

އެގާރަ މީހުންނާއެކު ދަތުރުކުރި ޑިންގީއެއް ނ. މަނަދޫ ނެރުމައްޗަށް ބަންޑުން ޖަހާލައިފިއެވެ.

ފުލުހުން ބުނީ ނ. މަނަދޫ ނެރުމައްޗަށް ޑިންގީއެއް ބަންޑުން ޖަހާލައިފައިވާ ކަމުގެ ރިޕޯޓް މިރޭ 7:37 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ބަންޑުން ޖަހާލި ޑިންގީއިން ދަތުރުކުރީ ހުސް ފިރިހެނުން ކަމަށާއި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި އެ 11 މީހުންވެސް މިހާރު ތިބީ މަނަދޫގައި ކަމަށާއި ބަންޑުން ޖަހާލި ޑިންގީ މަނަދޫ ފަޅުތެރެއަށް ވައްދާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަަލަމުންނެވެ.