އަލީ ޔާމިން
ރާއްޖޭގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު، އިންޑިއާގެ ބަންޑާރަ ނައިބު ކޭކޭ ވެނޫގޯޕާލްއާ ބައްދަލުކުރައްވައިފިއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ބަންޑާރަ ނައިބު ކޭކޭ ވެނޫގޯޕާލް އާއި އެގައުގެ ސޮލިސިޓާ ޖެނެރަލް ތުޝާރް މެހްތާއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރަން ރާއްޖޭގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުންނާއި ދައުލަތުގެ ވަކީލުންނަށް ތަމްރީނުގެ ފުރުސަތުތައް ހޯދައިދީ، ޝަރުއީ ދާއިރާއިން އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަޝްވަރާކުރެވިފައިވާ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކޮށް ފަނޑިޔާރުގެއިން ކޮރަޕްޝަން ނައްތާލުމަކީ މި ސަރުކާރުގެ ވައުދެކެވެ.