އުތުރުގެ ރަށެއްގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އެގޮތުން އެކުއްޖާއަށް ޖިންސީ އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވެނީ ހަމަ އެރަށުގެ 27 އަހަރުގެ ފިރިހެނެއްގެ މައްޗަށް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ފުލުހުން ސީރިއަސް ކަމާއެކު ބަލަމުން އަންނަ މައްސަލަތައް ކަމަށް ފުލުހުން ބުނެއެވެ. އަދި ކުއްޖާގެ ރަށާއި އަތޮޅު އާންމު ނުކުރަނީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި، ހަބަރު ޝާއިއު ކުރުމާ ހަމަޔަށް ވެސް ޖެންޑާ މިނިސްޓްރީގެ ބަހެއް ލިބޭނެ ގޮތެއް ނުވި އެވެ.