އެތަކެއް އަހަރުތަކެއް ކުރިން އެއް ދުވަހަށް ހުކުމް ކޮށްފައިވާ ފަރާތްތަކުގެ ޕާސްޕޯޓް ހިފަހައްޓާފައި ހުރުމަކީ ބޮޑު ބޭއިންސާފެއް ކަމަށް ލ. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
މެންބަރު މޫސާ ސިރާޖު މިހެން ވިދާޅުވީ ގައިރު ހާޒިރުގައި ހުކުމްކޮށްފައިވާ މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމާ ގުޅޭ ގޮތުން މިއަދު އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.
"ގައިރު ހާޒިރުގައި ކޮށްފައިވާ ހުކުމްތަކާ ގުޅިގެން 287 ފަރާތެއްގެ ޕާސްޕޯޓް ހިފެހެއްޓިފައިވޭ. މިލިސްޓުގައި މީގެ އެތަކެއް އަހަރުތަކެއް ކުރިން އެއް ދުވަހަށް ހުކުމް ކޮށްފައިވާ ފަރާތްތައްވެސް ހިމެނޭ. މީ ބޮޑު ބޭއިންސާފެއް. އަޅުގަނޑުމެއް މިކަމަށް ހައްލު ހޯދައިދޭނަން." ސިރާޖު ވިދާޅުވިއެވެ.