ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

ރައީސް މައުމޫނު ރައީސް ސޯލިހުއާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައިފި އެވެ.

ރައީސް މައުމޫނު ރައީސް ސޯލިހުއާ ބައްދަލުކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މިއަދުގެ ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން "ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މައުމޫނު ވިދާޅުވީ އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދެކަމަކާ ގުޅޭގޮތުން ކަމަށެވެ.

އެގޮތުން އެއްކަމެއްގެ ގޮތުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ދެމެހެއްޓުމަށް ޓަކައި ދެއްވަން ޖެހޭ ހުރިހާ އެއްބާރުލެއްވުމެއް އެމަނިކުފާނަށް އަރުވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ.

"ދެވަނަ ކަމެއްގެ ގޮތުގައި މަޝްވަރާކުރީ އިސްލާހީ މަސައްކަތާ ގުޅޭ ގޮތުން. މިހާރު އަޅުގަނޑުމެން ފަށައިގެން ކުރިޔަށް މިގެންދާ އިސްލާހީ މަސައްކަތްތައް ވީހާވެސް ރަނގަޅަކަށް ކާމިޔާބު ކަމާއެކެ ގެންދަން މަޝްވަރާ ކުރީ." ރައީސް މައުމޫނު ވިދާޅުވި އެވެ.

ރައީސް މައުމޫނު، ރައީސް ސޯލިހުއާ މިއަދު ބައްދަލުކުރެއްވި އިރު، ރައީސް މައުމޫނަކީ ގުޅިފައިވާ އިއްތިހާދު ސަރުކާރުގެ އެންމެ ތަޖުރިބާކާރު ލީޑަރެވެ.