ޚަބަރު

ރައީސްގެ ސްޕެޝަލް އެންވޯއީއަކަށް ޖާބިރު، ރައީސް އޮފީހުގެ މިނިސްޓަރަކަށް ޝިފާޒް

1

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީއަކަށް ޖާބިރު އައްޔަންކޮށް، ރައީސް އޮފީހުގެ މިނިސްޓަރަކަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އައްޔަންކޮށްފިއެވެ.

ރައީސްގެ ސްޕެޝަލް އެންވޯއީއަކަށް އައްޔަންކުރެއްވި ޖާބިރާއި ރައީސް އޮފީހުގެ މިނިސްޓަރަކަށް އައްޔަންކުރެއްވި ޝިފާޒަށް ރައީސް ސޯލިހު މިއަދު ވަނީ މަގާމަށް އައްޔަންކުރި ކަމުގެ ފަތްކޮޅު އަރުވައިފައެވެ.

ޔޮޓް ޓުއާސްގެ ޗެއާމަން އަދި ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު ޖާބިރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕޮލިޓީކަލް އެޑްވައިޒަރުގެ މަގާމު ވެސް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޖާބިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހާއި ދިވެހި ދައުލަތަށް ވަފާތެރިކަމާއެކު ހިދުމަތްކުރުންމަތީ ހުންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި ރައީސް ސޯލިހު ކުރެއްވި އިތުބާރަށް ޝުކުރު އަދާކުރާ ކަމަށެވެ.

ރައީސް ސޯލިހު ވަނީ މިއަދު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރގެ މަގާމަށް އަކްރަމް ކަމާލުއްދީން އައްޔަން ކުރައްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟