ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުން އަހްމަދު ޝިހާން ވަކިކޮށްފިއެވެ.
އެ މަގާމުން ޝިހާން ވަކިކުރިކަން މޯލްޑިވްސް ކަރެޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އަހްމަދު ލުގުމާން ވަނީ "ވަން އޮންލައިން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.
ކޮމިޝަނާ އޮފް ޕްރިސަންގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ހުޝާމްގެ ބަދަލުގައި އެ މަގާމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޝިހާން އައްޔަންކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
މިހާރު ވަގުތީ ގޮތުން މޯލްޑިވްސް ކަރެޝަނަލް ސާވިސްގެ ހިންގުމާ ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒިލާލެވެ.