ޚަބަރު

އައްޑޫ ސިޓީގެ ވިޔަފާރި ގާޑިޔަލެއްގައި އަލިފާންރޯވެ އަނދައިފި

އަހުމަދު ވަޖީފު

އައްޑޫ ސިޓީގެ ވިޔަފާރި ގާޑިޔަލެއްގައި އަލިފާން ރޯވެ އަނދައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފޭންސް ފޯސްއިން (އެމްއެންޑީއެފް)އިން ބުނީ އައްޑޫ ސިޓީގެ މަގުމަތީގައި ވިޔަފާރިކުރަން ބޭނުންކުރި ގާޑިޔަލެއްގައި އަލިފާން ރޯވުމުން އައްޑޫ ސިޓީ ހިތަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެ އަލިފާންގަނޑު ނިއްވާލެވުނީ ރޭ ފަތިހު 5:45 ހާއިރު ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި ގާޑިޔާ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.