ޚަބަރު

ފީނަން އުޅުނު މީހަކު ޑިކޯވެގެން އަވަސް ފަރުވާއަށް ގައްދޫއަށް ގެންގޮސްފި

އިބްރާހިމް ޒަކީ

ފުޅި އަޅައިގެން ފީނަން އުޅުނު މީހަކު ޑިކޯވެގެން އަވަސް ފަރުވާއަށް ގދ. ގައްދުއަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފުން ބުނީ، އެއީ މަސްވެރިކަމަށް ނިކުމެ އުޅުނު "މީރާ" ނަމަކަށް ކިޔާ ދޯންޏަކުން ފީނަން ފައިބައި އުޅުން ދިވެއްސެއް ކަމަށެވެ.

ހަތާވީސް އަހަރުގެ އެމީހާ ޑިކޯވެގެން އަވަސް ފަރުވާއަށް އެމްއެންޑީއެފުގެ އެހީތެރިކަމާއެކު ގައްދުއަށް ގެންދިޔައީ މިއަދު ހެނދުނު 10:50 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބުިނީ މިއަދު 9:20ގައި ކަމަށެވެ.