ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ތިން ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅުންނަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަގާމަށް ގ. އުތުރުގެ އަހްމަދު ޚަލީލާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މަގާމަށް މ. ލަކްސްލިން ނީޒާ އިމާދު އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަގާމަށް ދަފްތަރު ނަންބަރު ރސ 1800 މުހައްމަދު ޠާރިގެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ތިން ބޭފުޅުން އައްޔަން ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.
އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.