ޚަބަރު

މާފަރު ސިއްހީ މަރުކަޒު ފަޅާލައި، ތިޖޫރީން ވައްކަންކޮށްފި

ނ. މާފަރު ސިއްހީ މަރުކަޒު ފަޅާލައި، ތިޖޫރީން ވައްކަންކޮށްފިއެވެ.

ފުލުހުން ބުނީ މާފަރު ސިއްހީ މަރުކަޒު ފަޅާލައިގެން ވައްކޮށްފައިވާ މައްސަލައެއް މިއަދު 11:30 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

މާފަރު ސިއްހީ މަރުކަޒު ފަޅާލައި، އެތަނުގައި ހުރި ތިޖޫރީން 7000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.