ޚަބަރު

އިންޑޯމީ ނޫޑުލްސްގެ ހޮޓް އެންޑް ސްޕައިސީ ފްލޭވާ ލިލީން ތައާރަފްކޮށްފި

އަހުމަދު ވަޖީފު

ކެއުން ބުއިމުގެ ގިނަ ބާވަތްތަކެއް ރާއްޖެއަށް އެތެރެކުރާ ލިލީ އިންޓަނޭޝަނަލް އިން ދުނިޔޭގެ މަޝްހޫރު އިންޑޯމީ ނޫޑުލްސްގެ ހޮޓް އެންޑް ސްޕައިސީ ފްލޭވާ ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި މަޝްހޫރުކަން ހޯދާފައިވާ އިންޑޯމީ ނޫޑްލްސްގެ އާ ފްލޭވާ ރާއްޖެއަށް ތައާރަފް ކޮށްފައިވަނީ ސޯސަންމަގުގައި ހުންނަ އަގޯރާ ފިހާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ލިލީން ބުނީ، ދިވެހިންނާ ގުޅޭ ކުޅިރަހަ އެކުލެވިގެންވާ ހޮޓް އެންޑް ސްޕައިސީ ފްލޭވާއަކީ ގިނަ ދިވެހިންގެ މެދުގައި މަގުބޫލަކަން ހޯދަމުންދާ ފްލޭވާއެއް ކަމަށެވެ. އަދި މިއަދު ތައާރަފްކުރި އާ ފްލޭވާ މިހާރު މާލޭގެ ގިނަ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް ލިލީން ބުނެއެވެ. ޕެކެޓެއް ވިއްކުމަށް ހަމަޖެހިފައިވަނީ ފަސް ރުފިޔާއަށެވެ.

އެ ކުންފުނިން އިތުރަށް ބުނީ، އިންޑޯމީ ނޫޑްލްސްގެ ހުރިހާ ފްލޭވާއެއް ރާއްޖެއިން މިހާރު ލިބެން ހުންނާނެ ކަމަށާއި އެހެން ނޫޑްލްސްތަކާ ހިލާފަށް އިންޑޯމީގެ ކޮލިޓީ އާއި އެއްވަރު އަގެއްގައި ލިބެން ހުންނާނެ ކަމަށެވެ.

ދުނިޔޭގެ ނޫޑްލްސް އުފައްދާ އެންމެ ބޮޑު ކުންފުނި، އިންޑޯފުޑް އިން އުފައްދާ އިންޑޯމީ ނޫޑްލްސްއަކީ އޭޝިއާގެ އިތުރުން ޔޫރަޕްގައި ވެސް މަޝްހޫރުކަން ހޯދާފައިވާ ނޫޑުލީހެކެވެ.