ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެކުދިން ދެނެގަނެވޭނެ ފަދަ ވީޑިއޯ އާއި ފޮޓޯ އަދި މައުލޫމާތު އާންމު ނުކުރުމަށް ޖެންޑާ މިނިސްޓްރީ އާއި ފުލުހުން އިލްތިމާސް ކޮށްފިއެވެ.
މިގޮތަށް އިލްތިމާސް ކޮށްފައިވަނީ، ކުޑަ ދެކުދިން ގެއެއްގެ ބެލްކަނީގައި ތިބެ ނުރަނގަޅު އަމަލެއް ހިންގާ ވީޑިއޯއެއް ވައިރަލް ވުމާއި ގުޅިގެން ކަމަށް ބެލެވެއެވެ. އަދި މީގެ ކުރިން ޖިންސީ ގޯނާ ލިބިފައިވާ ކުދިން އެފަދަ ވާހަކަތައް ކިޔައިދޭ އޯޑިއޯ އަދި ވީޑިއޯ ވެސް ވަނީ އާންމުވެފައެވެ.
ޖެންޑާ އާއި ފުލުހުންގެ ވަކިވަކިން ކުރި އިލްތިމާސްގައި ބުނެފައިވަނީ، ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ އާއި ފޮޓޯ ނުވަތަ މައުލޫމާތު އާންމު ނުކުރުމަށް އެދޭ ކަމަށެވެ.
އެގޮތުން އެފަދަ ކުދިން ވިކްޓިމައިސް ކުރުމުގެ ބަދަލުގައި އެބާވަތުގެ މައްސަލަތައް ފުލުހަށާއި ޖެންޑާ މިނިސްޓްރީގެ 1412 އަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށް ބުނެފައިވެއެވެ.