ޚަބަރު

އަނބިމީހާއަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި

އަހުމަދު ވަޖީފު

އުތުރުގެ އަތޮޅެއްގެ ރަށެއްގައި އަނބިމީހާއަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އަންހެނަކަށް އޭނާގެ ފިރިމީހާ މާރާމާރީ ހިންގާ އަނިޔާ ކުރިކަމުގެ މައުލޫމާތު ރޭ 10:34 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އަނިޔާ ލިބުނު އަންހެން މީހާއަށް ފަރުވާދިނުމަށް ސިއްހީ މަރުކަަޒަށް ގެންދިޔަ ކަމަށާއި ފަރުވާއަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ 34 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، ތަހުގީގު ފަށައިފައެވެ.

ފުލުހުން ބުނީ، އެ ހާދިސާގައި އަނިޔާވި އަންހެން މީހާއަށް ފަރުވާދިނުމަށް ސިއްހީ މަރުކަޒަށް ގެންދިއުމުން އާންމު ރައްޔިތުން އެ ސަރަހައްދަށް އެއްވި ކަމަށާއި ނަމަވެސް ފުލުހުން އެމީހުންނާ ވާހަކަދައްކައިގެން އެ ސަރަހައްދުން ފޮނުވާލި ކަމަށެވެ.