އިބްރާހިމް ޒަކީ
ހދ. ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ، ހައިކޯޓުގެ އުތުރު ގޮތްޕާއި ސ. ހުޅުދޫ މީދޫގައި ގާއިމް ކޮށްފައިވާ، ހައިކޯޓުގެ ދެކުނު ގޮފީގައި މާދަމާއިންފެށިގެން ޝަރީއަތްތައް ފަށާނެ ކަމަށް ހައިކޯޓުން ބުނެފިއެވެ.
އެ ކޯޓުން މިއަދު ބުނީ އެ ގޮފިތަކުގައި މާދަމާއިން ފެށިގެން ޝަރީއަތްތައް ކުރިއަށް ދާނީ އަންނަ ބުރާސް ފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.
އަދި މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް މަސައްކަތް ކުރެއްވުމަށް، ފަނޑިޔާރުން ހިމެނި ވަޑައިގަންނަވާ ޝަރުއީ ވަފުދުތަކުން މިއަދު އެ ގޮފިތަކަށް ވަޑައިގެންފައިވާ ކަމަށްވެސް ހައިކޯޓުން ބުންޏެވެ.
ހައިކޯޓުން ބުނީ މިއީ، އެއް ވަގުތެއްގައި ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފީގައި ޝަރުއީ ވަފުދުން މަސައްކަތް ކުރާ ފުރަތަމަ ފަހަރު ކަމަށެވެ.