ޚަބަރު

އޮޕޮޒިޝަން ވަރުގަދަ ވުމުން ޑިމޮކްރަސީގައި ރައްޔިތުންނަށް އިތުރު ގޮތެއް ލިބޭނެ: ޑރ. ޖަމީލު

އިބްރާހިމް ޒަކީ

އޮޕޮޒިޝަން ވަރުގަދަ ވުމުން ޑިމޮކްރަސީގައި ރައްޔިތުންނަށް އިތުރު ގޮތެއް ލިބޭނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމުން މިއަދު ކުރިއަށް ގެންދިޔަ ކައުންސިލް އިންތިހާބުގެ ޕްރައިމަރީއާ ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައި ޑރ.ޖަމީލު ވިދާޅުވީ، އިދިކޮޅު ޕީޕީއެމް ޕީއެންސީން ފޯރިއާއެކު މިއަދު ޕްރައިމަރީ ބޭއްވުމަކީ ގިނަ ރައްޔިތުން ތަކަކަށް އުފާވެރިކަން ލިބިގެންދާނެ ކަމެއް ކަމަށެވެ.

އެއީ ރާއްޖޭގައި ޑިމޮކްރަސީ ފައްކާވަމުންދާކަމުގެ ހެތްހެއް ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

"އިދިކޮޅު ޕީޕީއެމް ޕީއެންސީން، މިއަދު އެ ދެޕާޓީގެ ޕްރައިމަރީ ފޯރިއާއެކު ބޭއްވުމަކީ ގިނަ ރައްޔިތުން ތަކަކަށް އުފާވެރިކަން ލިބިގެންދާނެ ކަމެއް، އޮޕޮޒިޝަން ވަރުގަދަ ވުމުން ޑިމޮކްރަސީގައި ރައްޔިތުންނަށް އިތުރު ގޮތެއް ލިބޭނެ. މިއީ ރާއްޖޭގައި ޑިމޮކްރަސީ ފައްކާ ވަމުންދާކަމުގެ ހެތްހެއް،" ޑރ.ޖަމީލު ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރެއްގައި ބާއްވާ، ލޯކަލް ކައުންސިލް އިންތިހާބުގައި، ދެސިޓީ ކައުންސިލާއި 65 ރަށު ކައުންސިލަ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުން ހޮވުމަށް، މިއަދު 2:30 ފެށިގެން މިރޭ 8:00 އަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިހާރު ދަނީ ޕަރައިމަރީގެ ވޯޓުތައް ގުނަމުންނެވެ.