މެރާކީ ކޮފީ ޝޮޕްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ދެމީހަކަށް ދައުވާކުރަން ފޮނުވައިފިއެވެ.
ފުލުހުން ބުނީ، މެރާކީއަށް ހަމަލާދިން މައްސަލައިގައި ތުހުމަތުކުރެވޭ ދެމީހުންނަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ފޮނުވާފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ ދެމީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ނޫން ކަމަށްވެސް ފުލުހުން ބުނެއެވެ.
މެރާކީގެ ބިއްލޫރިގަނޑު ތަޅާލައިފައިވަނީ މިިދިޔަ އަަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެ ހަމަލާ ދީފައިވަނީ އެ ކޮފީ ޝޮޕްގައި، ކުރިން މަސައްކަތްކުރި މުވައްޒަފަކާއި ގުޅިގެންނެވެ.
އެ ކޮފީޝޮޕްގެ ބިއްލޫރިގަނޑު ތަޅާއިލުމަށް އެއްލި ގާގަނޑުގައި އިންޒާރަކާއެކު ކަރުދާސްކޮޅެއް ހަރުކޮށްފައިވެއެވެ. އެ ކަރުދާސް ކޮޅުގައި ލިޔެފައިވަނީ "އަންހެން ------ ފިރިހެން ނުވައްޗޭ. ފިރިހެނުން އަންހެން ނުވައްޗޭ،" މިހެންނެވެ.
މެރާކީގެ މައްސަލައިގައި ދައުވާކުރަން ފޮނުވާފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއްގެ މަށްޗަށެވެ.