މަގުމަތީގައި ހުރި އަންހެން ކުއްޖެއްގެ ގަޔަށް، ހިނގާފައި ދިޔަ މީހަކު ކުޅު ޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް މިއަދު ލިބުނީ 1:59 ހާއިރު ކަމަށެވެ. އަދި މިކަމާއި ގުޅިގެން މިހާރު 34 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ އަންހެން ކުއްޖާގެ ގަޔަށް އެމީހާ ކުޅުޖެހީ، ހެދުން އަޅާފައި ހުރި ގޮތުން ކަމަށް ސޯޝަލް މީޑީއާގައިވަނީ ވާހަކަތައް ފެތުރިފައެވެ.
އަދި އެކަންކުރި ފިރިހެންމީހާ ކަމަށް ބުނާ މީހެއްގެ ފޮޓޯތަކެއްވެސް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ފުލުހުން ވަނީ މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.