ޚަބަރު

ހަތަރު ދިވެހިންނާއެކު ގެއްލުނު ލޯންޗް ފެނިއްޖެ

އިބްރާހިމް ޒަކީ

ހަތަރު ދިވެހިންނާއެކު ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ލޯންޗް ފެނިއްޖެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ބުނީ ރޭ ފަތިހު ހަތަރެއް ޖަހާކަންހާއިރު އެ ލޯންޗް ފެނުނުއިރު އޮތީ އައްޑު އަތޮޅާ 15 މޭލު ބޭރުގައި ކަމަށެވެ.

އެއީ އައްޑު އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކަނޑިހެރައިގެ އުތުރުން 15 މޭލު ބޭރު ކަމަށްވެސް ބުނެފައި ވެއެވެ.

އެމްއެންޑީއެފުން ބުނީ ލޯންޗް ގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށެވެ.

އަދި މިއަދު ހެނދުނު އައްޑޫސިޓީ ހިތަދޫއަށް އެ ލޯންޗް ގެންދެވޭނެ ކަމަށާއި، ލޯންޗް ދަތުރު ކުރަމުންދަކީ ކޯސްޓްގާޑުގެ ލޯންޗާއެކު ކަމަށާއި، ކަނޑު ގަދަވެފައި ރާޅު ބޮޑު ކަމަށްވެސް ކޯސްޓްގާޑުން ބުންޏެވެ.

މިލޯންޗް ގެއްލިގެން ހޯދަން ފަށާފައި ވަނީ ރޭގެ ވަގުތެއްގައެވެ.

އެމްއެންޑީއެފުން ބުނީ އިއްޔެ އިރުއޮއްސި 6:45 ހާއިރު ހަތަރު ދިވެހިންނާއެކު ދަތުރުކުރަމުންދިޔަ "މިހޯ ޕެލެސް" ނަމަކަށް ކިޔާ އެ ލޯންޗްގެ ހަބަރެއް ނުވެގެން ރިޕޯޓް ކުރީ ރޭ 10:33 ހާއިރު ކަމަށެވެ.

އެއީގދ. ފިޔޯރީން ފުރައިގެން އައްޑޫ ސިޓީ ހިތަދުއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ކަމަށްވެސް ބުނެފައިވެއެވެ.