ޚަބަރު

އުތުރުގެ ރަށެއްގައި ދޮންބައްޕަ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގު ކުރަނީ

އައިދާ އަބްދުލް ހަކީމް

ރާއްޖޭގެ އުތުރުގެ ރަށެއްގައި ދޮންބައްޕައަކު އޭނާގެ 18 އަހަރު ނުފުރޭ ދޮންދަރިއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މި މައްސަލަ އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައި ވަނީ އިިއްޔެ ކަމަށެވެ.

ޖިންސީ ގޯނާ ކުރިމަތިވި އަންހެން ކުއްޖާ މިހާރު ވަނީ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައި ކަމަށް ޖެންޑާއިން މައުލޫމާތު ދެއެވެ. އަދި މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށްވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު ވަނީ އިތުރުވެފައެވެ.